ތިލަފުށީގައި އޮތް ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެހެލާފައި އޮތް އެ ޑިންގީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ ރޭ 00:24 ހާއިރު ކަމަށެވެ.



ދިގު މިނުގައި 25 ފޫޓު ހުންނަ އެ ޑިންގީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ރޭ ތިލަފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުނފައި ވެއެވެ.

އަދި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ޑިންގީއަށް އެއްވެސް ގެއްލުމެއް ނުވަނީސް އަލިފާން ނިއްވާލި ކަމަށާއި އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން