އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ.

އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންވެސްކޮށްފަ އެވެ.

އެމްޕީއެލްއިން ބުނީ އެއީ ކޯޕަރޭޓް އޮފީސް އިމާރާތެއް ކަަމަށާއި އެ އިމާރާތް އަޅަން ބޭނުންވަނީ 100 ޕަސެންޓް ކޮންޓްރެކްޓާ ފައިނޭންސްކުރާ ގޮތަށް ކަމަށެވެ.

އެ އިމާރާތް އެޅުމަށް ހޭދަވާނެ ކަމަށް އެމްޕީއެލްއިން ލަފާކުރަނީ 112 މިލިއަނާއި 161މިލިއަން ރުފިޔާ އެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެެވެ.

އެމްޕީއެލްއިން މިހާރު އޮފީސް ހިންގަނީ ކަސްޓަމްސް ކައިރީގައި ހުންނަ އިމާރާތެއްގައި އެވެ. ނަމަވެސް މިއީ ވަރަށް ދުވަސްވީ ތަނެކެވެ.

ހުޅުމާލެއަށް އެމްޕީއެލްގެ އޮފީސް އިމާރާތް ބަދަލުކުރާ އިރު ސަރުކާރުގެ ބައެއް އޮފީސްތައް ވެސް މިހާރު ދަނީ ހުޅުމާލެއަށް ބަދަލުކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން