ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި ވޯޓަރ ބަންކަރިންގެ ޚިދުމަތާއެކު އިތުރު ޚިދުމަތްތަކެއް ހޯދުމަށް ބޭރުގެ ބޯޓެއް އިހަވަންދިއްޕޮޅަށް އަންނަން ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ ވޯޓަރ ބަންކަރިންއާއެކު އިތުރު ޚިދުމަތްތަކެއް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅުގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ފޭސްބުކްގައި ވަޖީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާއަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތްތަކެއް ފައްޓާފައިވާ ކަމަށެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އުތުރުން ދަތުރުކުރަމުން ދާ ރާއްޖެއިން ބޭރުގެ ބޯޓުފަހަރަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް "އުތުރު މެރިޓައިމް ސަރވިސަސް"ގެ ނަމުގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެ އިންތިޒާމުތަކުގެ ދަށުން، ޚާއްޞަ ފެސިލިޓީއެއް މިދިޔަ މަހު 18 ވަނަ ދުވަހު ހުޅުއްވާފައިވާ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
މި ފެސިލިޓީން މިވަގުތު ޖުމުލަ 14 ޚިދުމަތެއް ދިނުމަށް ތައްޔާރުކޮށްފައިވާއިރު މިތަނުން ދެވޭ ޚިދުމަތްތަކާބެހޭ މައުލޫމާތުތައް، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހޯދަމުންދާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ މި ފެސިލިޓީ އިން ޚިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓުރީ ކޮށްފައިވާ އޮއިލް ޕްރޮޑަކްޓްސް ޓޭންކާއެއް، މި މަހުގެ 3 ވަނަ ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ޚިދުމަތް، ފްރެޝް ވޯޓަރ ބަންކަރިން، ކުރޫ ޗޭންޖް (ރާއްޖެއިން ބޭރުން އަންނަ ހަ ކުރޫ އެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި ނުވަ ކުރޫ އެއް ބޯޓުން ބާލައިގެން ގެންގޮސް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުން) ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. އެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބަންކަރިންގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ކުރާ ބައިނަލްއަގުވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު