ހައްދުފަހަނަ އަޅާފައިވާ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސައުދީ އެމްބަސީ ކައިރީގައި އިހުތިޖާޖުކުރި، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ހައްޔަރުކުރީ ގޯސްކޮށްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
އެ މައްސަައިގައި ޝާދިޔާއާއެކު ޑރ. ޝަޒްރާ އިބްރާހިމް ވެސް މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި އިރު ކްރިމިނަލް ކޯޓުން ބަންދު އިތުރުވެސް ކުރިއެވެ.
އެހެންވެ އެ މައްސަލައިގައި ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޝާދިޔާ އޮތީ ހައިކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
މިއަދު އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ. އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އަދި މުޖުތަމައުގެ ސަލާމަތަށް ޝާދިޔާ ނުރައްކާވާ ގޮތެއް ސާފު ނޫން ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.
އެ މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޝާދިޔާއާއި ޝަޒްރާ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން ވަނީ މުއާމަލާތްކޮށްފައެވެ.
އޭގެ އިތުރުން ސައުދީ ސަފީރުގެ އޮފީސްދޮށަށް ގޮސް އަޑުގަދަކޮށް އޮފީސް އިމާރާތުގެ ތެރެއަށް ކުނިއަޅައި ހެދިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު