ކެމިކަލް ގެންގުޅޭ ތަންތަނާއި ވިޔަފާރި ކުރާ ތަންތަން ރައްކާތެރިތޯ ބެލުމަށް ޑިފެންސް މިނިސްޓްރީން ހިންގާ ޚާއްޞަ އޮޕަރޭޝަން، "އޮޕަރޭޝަން ހިރާސް ފާސް" ގެ ދަށުން 437 ތަނެއް ބަލައި ފާސްކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މި އޮޕަރޭޝަން ފެށީ މި މަހުގެ އެއް ވަނަ ދުވަހެވެ. މި އޮޕަރޭޝަން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން މި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުން މިހާތަނަށް، މީހުން ދިރިއުޅޭ 375 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 38 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން