ކުޑަކުއްކަޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސާބިތުނުވާ ކަމަށް ރަށެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުން ބާތިލުކޮށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޔޫސުފް މޫސާ ކިޔާ މީހަކު 2009އިން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.
ނަމަވެސް ކުއްޖާއަކީ އަޚްލާޤީ ގޮތުން ނުރަނގަޅު ކުއްޖެއް ކަމަށާއި އަދި ކުއްޖާ އެ ވާހަކަ ކިޔައިދިނުމުގައި ތަފާތު އެކި ގޮތްގޮތަށް އެކަން ކިޔައިދިނުން ފަދަ އެކި ކަންކަމަށް ރިއާޔަތްކޮށް އެކަން ސާބިތުނުވާ ކަމަށް ރަށެއްގެ ކޯޓަކުން އޮތީ ނިންމައިފަ އެވެ. ނަމަވެސް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަތުވެދާނެތީ އެކަން ހިނގި ރަށާއި އެ މައްސަލަ ކުރިން ބެލި ރަށު ކޯޓުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ކުރިން ސާބިތު ނުވުމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އިސްތިއުނާފްކުރުމަށް ހައިކޯޓުން މައްސަލަ ބެލުމަށް ފަހު ވަނީ ކުރީގެ ހުކުމް ބާތިލުކޮށްފަ އެވެ.
"ކުއްޖާ އެކި މަޙައްލުތަކުގައި ތަފްޞީލީ ގޮތެއްގައި ކުއްޖާއާމެދު ކަންހިނގަދިޔަ ގޮތް ކުއްޖާ ކިޔައިދީފައިވެއެވެ. ކުއްޖާ އެވާހަކަ ކިޔައިދިން ފަރާތްތަކުންވެސް ޖައުހަރީ ފުށުއެރުމެއް ނެތި ޝަރީއަތުގައި ހެކިބަސް އަދާކޮށްފައި ވަނީ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގައި ހުރި ތަފްސީލުތައް ހިމެނޭހެންނެވެ. ހަމައެއާއެކު ކުއްޖާގެ
ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ކުއްޖާއަށް ޔޫސުފް މޫސާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ ސަބަބުންކަންވެސް އެނގެއެވެ." ހައިކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އެހެންވެ ޔޫސުފް މޫސާ 15 އަހަރަށް ޖަލަށް ލާން ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު