ނ. ވެލިދޫ އާއި ހއ. ދިއްދޫ ގައި ޤާއިމްކުރާ ޖޫނިއަރ ކޮލެޖްގައި 2025 ވަނަ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ފަށާފައިވާ މި މަސައްކަތްތަކުގެ އަދާހަމަ ހާމަކުރަމުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ވެލިދޫ ޖޫނިއަރ ކޮލެޖްގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދިއްދޫ ޖޫނިއަރ ކޮލެޖްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސަރުކާރުން މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. ސަރުކާރުން ބުނެފައިވަނީ އަމާޒަކީ 2025 ގައި މި ދެ ކޮލެޖްގައިވެސް ކިޔަވައިދޭން ފެށުން ކަމަށެވެ.
ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެލިދޫގައި ތަރައްޤީކުރާ އިންސްޓިޓިއުޓަކީ 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީ އެއްގެ އިތުރުން 2 ވޯކްޝޮޕް ހިމެނޭ ޢިމާރާތެކެވެ.
ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު