ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިއަދު ހެނދުނު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި 4 މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
“އެކްސިޑެންޓްގައި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެފައި.” ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ޙާދިސާ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު