އަހުޒަމް އަޙްމަދު   13 އޮކްޓޯބަރު 2024 - 12:17
ލޯނެއް ނުދެއްކިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ރަހުނުކޮށްފައިވާ ކޮޅުވެއްޓިއެއް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސްއިން އިއުލާންކޮށްފި އެވެ.

އެ ކޮޅުވެއްޓިއަކީ އީސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ އުޅަނދެކެވެ. ނަމަވެސް އެ ކޮޅުވެއްޓި ރަޖިސްޓްރީކޮށްފައި އޮތީ ރީކޯގެ އެހެން ކުންފުންޏެއް ކަަމަށްވާ ހެވީ ލޯޑް މޯލްޑިވްސްގެ ނަމުގަ އެވެ.

އެ ލޯނު ނުދައްކާތީ ސިވިލް ކޯޓުން އެ ކޮޅުވެއްޓި ވިއްކާލަން ހުކުމްކުރީ މިދިޔަ ޖުލައި މަހު އެވެ.

ބީއެމްއެލުން ކުރި އިއުލާންގައި ބުނީ އެ ކޮޅުވެއްޓި ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 3.4 މިލިއަން ރުފިޔާ ކަމަށެވެ.

ރީކޯ މޫސަގެ ހެވީލޯޑްއަކީ ތިލަފުށީގެ ބިން ހިއްކަން ހަވާލުކުރި ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން