ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ސަރުކާރުން އެ މަސައްކަތް ފަށާފައިވާއިރު ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ މާލޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންސާފު ގާއިމް ކުރުމުގެ މަސައްކަތަށް ހުރަސް އެޅެމުން ދާކަމަށާއި، މިކަމަށް ހައްލެއް ހޯދިފައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ.
ހުޅުމާލޭ ކޯޓުގެ މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފައިވަނީ ހުޅުމާލޭ ކޯޓް އުވާލުމަށްޓަކައި ގާނޫނަށް ގެންނަށް ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައިގައި ޑިސެމްބަރު 5، 2012 ގައި އޭރުގެ ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ނޫން ކަމަށް ހުކުމްކޮށްފައެވެ.
އަދި އެނިންމުން ސުޕްރީމް ކޯޓުން އަމިއްލައަށް ރިވިއުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ސުޕްރީމްކޯޓުން 2022 ވަނަ އަހަރުވެސް ނިންމާފައިވެއެވެ.
ކޯޓުތަކާބެހޭ ގާނޫނުގައި ބުނާގޮތުން މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތަކެވެ. އަދި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެެވެ.

ކިޔުންތެރިންގެ ހިޔާލު