ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދަން އެ އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ގ. ނިއުޝާ އާމިނަތު އަޙްމަދު ދީދީ ޔޫއޭއީ އެމްބަސީ އާ ދެކޮޅަށް ހުށައަޅާފައިވާ ދަޢުވާގައި ބުނެފައިވަނީ ޔޫއޭއީ އެމްބަސީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި 2020 އިން ފެށިގެން އޮކްޓޯބަރު 2022ގެ ނިޔަލަށް ހިންގިއިރު އެތަނުގެ ކުލި ދައްކާފައި ނުވާތީ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.
އެގޮތުން ޢިމާރާތުގެ ކުއްޔަށް އަރާފައިވާ ނުވަދިހަ ދެހާހަށްވުރެ ގިނަ ޑޮލަރު ނުވަތަ 1.4 މިލިއަން ރުފިޔާ ހޯދުމަށް ދަޢުވާގައި އެދިފައިވެއެވެ.
މި ދައުވާއާ ގުޅިގެން ޔޫއޭއީ އެމްބަސީގެ ފަރާތުން ޖަވާބުދާރީވުމަށް ދައުވާ ފޯމާއި ލިޔުންތައް ފޮނުވަން މަސައްކަތް ކުރި ނަމަވެސް އެ ތަކެތި ރައްދު ކުރެވިފައެއް ނުވެއެވެ.
އެމައްސަލާގައި މިދިޔަ ސެޕްޓެމްބަރ 12 ވަނަ ދުވަހު ސިވިލްކޯޓުގެ ޤާޟީ ހާފިޒާ އަބްދުއްސައްތާރު އިއްވެވި ހުކުމްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށެވެ. އަދި މިފަދަ ތަންތަނާ ގުޅޭ އިމްތިޔާޒުތައް ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބަޔާން ކޮށްފައި ވާކަމަށް އެ ޙުކުމުގައި ވެއެވެ. އެހެންކަމުން އެމައްސަލަ ނުބެލޭނެކަމަށް ސިވިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ޔޫއޭއީ އެމްބަސީގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައި ވަނީ ރާއްޖެއަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގައި ބައިވެރިވެފައިވާ ގައުމަކަށް ވާތީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތަކީ ގާނޫނެއްގެ ދަށުން މަދަނީ ދައުވާތަކުން އިމްތިޔާޒު ލިބިގެންވާ ފަރާތެއް ކަމަށްވާ ނަމަ ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތެއް ނަމަ އެފަދަ ފަރާތެއްގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު