ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއް މިލިއަން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ.

އެމްޕީއެލް އިން މިއަދު ފެށި މި ހަރަކާތަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ފެށި ހަރަކާތެކެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމުކަން ފާހަގަ ކުރެވެއެވެ.

އެމްޕީއެލްއިން މި ހަރަކާތް ރަސްމީކޮށް ފެށީ ތިލަފުށީގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމާއި އެމްޕީއެލްގެ ސީއީއޯ އިސްމާއިލް ވަޖީހު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް ވިދާޅުވީ އެމްޕީއެލުން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ގިނަ ކުންފުނިތަކެއް މިހާރު ވެސް ބައިވެރިވަމުން އަންނަ ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ އިސްމާއިލް ވަޖީހު ވިދާޅުވީ ރައީސްގެ ވައުދުފުޅާއެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިން އެއް މިލިއަން ގަސް އިންދާނެކަމަށެވެ. އެ ކުންފުނިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ކްލަބާއި ޖަމިއްޔާތަކާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޖީހް އިތުރަށް ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ، ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

މި ހަރަކާރުގެ ތެރެއިން އެމްޕީއެލްއިން ވަނީ މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން