ކ. ތިލަފުށީގައި ހުންނަ ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ‏ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފެންނަނީ ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ތަނެވެ. މިހާދިސާގައި އަލިފާން ހިފާފައި ވަނީ ކިހާ ބޮޑުމިނެއްގެ ތަނެއްގައި ކަމެއް ސިފައިން އަދި ހާމަނުކުރެއެވެ.

މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:04 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން