ރޭގެ އެކްސިޑެންޓްގައި ގެއްލުން ލިބުނު ލޯންޗެއް
ރޭގެ އެކްސިޑެންޓްގައި ގެއްލުން ލިބުނު ލޯންޗެއް
މާލެއަތޮޅު ގުޅިފަޅު ކައިރިން ދެ ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގުޅީފަޅު ކައިރިން ހިނގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި 12 މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައެވެ. ނަމަވެސް އޭގެތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

މިޙާދިސާއާއި ގުޅިގެން ފުލުހުން ރޭ ބުނީ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ އިރާކޮޅު 19:34 ހާއިރު ކަމަށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެއް ޖެހިގެންނެެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން