ދިވެހިރާއްޖޭގެ ހައިކޯޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފުތިތާހުކޮށްފިއެވެ.

މާލޭގައި ހުންނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްއީގައި އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ އިފްތިތާހުކުރި 2025 އިން 2027 އަށް އަމަލުކުރުމަށް އެކުލަވާލި ހައިކޯޓުގެ އެކްޝަން ޕްލޭންގެ މައިގަނޑު މަގުސަދުގެ ގޮތުގައި އެ ކޯޓުން ބުނެފައިވަނީ، ކޯޓުގެ މަސައްކަތްތަކުގައި ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ހައްލުތަކެއް ހޯދުން ކަމަށެވެ.

އަދި ކޯޓުގެ މައުލޫމާތު އެއްކުރުމާއި، ބެލެހެއްޓުން ހަރުދަނާކޮށް ކޯޓުގެ ނިންމުންތައް ނިންމުމުގައްޔާއި ސިޔާސަތު އެކުލަވާލުމުގައި އިލްމީ އަދި ތަހުލީލީ ގޮތް ގެންގުޅުމުގެ ސަޤާފަތެއް ތައާރަފު ކުރުންކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ހައިކޯޓުގެ އެކްޝަން ޕްލޭން އެކުލަވާލާފައިވާނީ ކޯޓުގެ އެންމެހައި ބައިތައް އޮޓަމޭޓްކޮށް އިލެކްޓްރޯނިކް ހިދުމަތްތައް ތައާރަފުކޮށް އަދުލުއިންސާފަށް ވާސިލްވުމުގެ ފުރުސަތު ފަހިވާނެގޮތެއްގެ މަތީންކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހަފުލާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ އިނާމް ލިބިވަޑައިގެންނެވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހައިކޯޓުން 2 ބޭފުޅަކަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. އޭގެ އިތުރުން ފާއިތުވި އަހަރު ގަޑި ނުޖެހި އެންމެ ގިނަ ދުވަހު ހާޒިރުވި 3 މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން