ކަނޑުގަދަވެގެން ކަަމަށް ބުނެ ތިލަމާލެ ބުރިޖުގެ މަސައްކަތް ލަސްވުން ގަބޫލުނުކުރޭވެނެ ކަމަށާއި އަދި ބުރިޖު ނިންމަން ދީފައިވާ މުއްދަތު ވެސް އިތުރުކޮށް ނުދޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވަނީ ތިލަމާލެ ބުރިޖުގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވައިފަ އެވެ.
އެގޮތުން ބުރިޖުގެ ޕްރީކާސްޓް ސެގްމަންޓްގެ 43.5 ޕަސެންޓް، ތަނބުތަކުގެ 79.5 ޕަސެންޓް، ޕައިލް ކެޕްގެ 67.8 ޕަސެންޓް އަދި ޕިއާ ކޮމްޕްލެކްސްގެ 62.2 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މުޅި މަޝްރޫއުގެ 45.82 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބުރިޖުގެ މަސައްކަތްތަކުގެ މާބޮޑު ތަނެއް ލަސްވެގެން ނުދާ ކަމަށެވެ. އެހެން ނަމަވެސް ބައެއް މަސައްކަތްތައް ލަސްކަން މިނިސްޓަރުވެސް ފާހަގަ ކުރެއްވި އެވެ.
އެގޮތުން ޑީޕްސީ ޕައިލިން އެންމެ ބޭނުންވާ ސްޕީޑުގައި ނުދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ކޮންޓްރެކްޓަރަށް އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ އަޅުގަނޑުމެން ގަބޫލުނުކުރާކަން ކަނޑުގަދަވެގެން މި އަންނަ ކަންކަމަކީ އެ ބޭފުޅުންނަށް ސަބަބެއްގެ ގޮތުގައި ދައްކައިގެން މަސައްކަތް ލަސްކުރަން އިތުރު މުއްދަތެއް ހޯދުމަށް އޮތް ފުރުސަތެއް ކަމަކަށް. އެއީ 30 މަސް ދުވަހަކީ ސަރުކާރުން ހުށަހަޅައިގެން އެ ބޭފުޅުންނަށް ދިން 30 މަސް ދުވަހެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެއީ އެ ބޭފުޅުންނަށް އެ މަސައްކަތް ނިންމޭނެކަމަށް ބުނުމުން އިތުރު މުއްދަތެއް ނުދޭގޮތަށް ދިން މުއްދަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންޓްރެކްޓްގައި ވެސް މުއްދަތު އިތުރަށް ނުދެޥޭނެކަމަށް ޝަރުތުކޮށްފައި އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ކަނޑުގަދަވެގެން ބުރިޖުގެ ބައެއް މަސައްކަތް ލަސްވަމުންދާ ކަމަށް ކޮންޓްރެކްޓަރު ބުނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ލަސްވާ މައްސަލަތައް ހައްލުކުރަން އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ވާހަކަ ދައްކައިގެން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން އަޅަމުން ގެންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމަން ދީފައިވާ މުއްދަތަކީ 30، ސެޕްޓެމްބަރު 2026 އެވެ.

ކިޔުންތެރިންގެ ހިޔާލު