ކަނޑު މަގުން އަންނަ މުދާ، ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމު ތަކަށް ފޮނުވުމަށް މިދިޔަ މޭ މަހު ފެށި ސީީ ޓު އެއާ ކާގޯގެ ހިދުމަތް ފުޅާވަމުންދާތީ މި ސަރަހައްދުގެ ބައެއް ގައުމުތަކުން ކަންބޮޑުވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީީހު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ސީއީއޯ މިއަދު ފޭސްބުކްގައި ވިދާޅުވީ ރާއްޖޭގައި މި ހިދުމަތް ފެށިފަހުން އެކަމަށް ލިބޭ ތަރުހީބު ބޮޑުވެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެ މަސައްކަތުގައި މިވަގުތު ރާއްޖެއަށް ދަތުރުކުރާ ހަތް އެއާލައިނަކުން ބައިވެރިވެފައިވާ އިރު މިދިޔަ މަހު އެކަނިވެސް 96 ކޮންޓެއިނަރުގެ މުދާ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މަސައްކަތުގައި ރާއްޖެއަށް ޑިމާންޑު ބޮޑުވަމުންދާތީ، އެ ވިޔަފާރީގައި އުޅޭ މިސަރަހައްދުގެ ބައެއްގައުމުތައް މިހާާރު ކަންބޮޑުވާން ފަށައިަފއިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ސީއީއޯ ނުދެއްވަ އެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ އެ ހިދުމަތް އިތުރަށް ފުޅާކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމުގެ ގޮތުން އެމްޕީއެލް ގެ ޓީމަކާއި، އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، އިނަރ މޯލްޑިވުސްގެ ވެރިޔާ މުހައްމަދު ފިރާގާއި އެކު ބަގުލާދޭޝްގެ ޗިޓަގޮންގ އަށް ޒިޔާރަތް ކޮށް ބަގުލާދޭޝްގެ ގާމެންޓު ފެކްޓަރީ ތަކުގެ ވެރިންނާއެކު ދާދި ފަހުން މަޝްވަރާތަކެއް ބާއްވައިފައިވާ ކަމަށެވެ.

"މި މަޝްވަރާ ތަކުން އެގިގެންދިޔަ މުހިންމު އެއްކަމަކީ، މިކަން ރަގަޅަށް ކުރެވޭ ގޮތް ވެއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށް ވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ ކަޑުމަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ގައުމު ތަކަށް ފޮނުވުމުގެ ފުރުސަތު އޮތްކަމެވެ. މިކަމަށްޓަކައި ރާއްޖެ އަށް ދަތުރު ކުރާ ޝިޕިންގ ލައިން ތަކާއި އެކު ވާހަކަ ދެކެވެމުން އެބަ ގެންދެވެއެވެ. އަދި މިމަސައްކަތަށް ބޭނުންވާ، މެޝިނަރީ ތަކާއި އިކުއިޕުމަންޓްސްތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ހިދުމަތްތަކެއް ފޯރު ކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުން އެބަ ގެންދެވެ އެވެ." ސީއީއޯ އިތުރަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން