ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރޯވެ އެނދީ ހުޅުމާލެ ފަޅުތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ.
އަދި އެ ސަފާރީގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 03:42 ކަންހާއިރު ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަގުތުން އަލިފާން ނިއްވާ މީހުން ސީންއަށް ދިޔަ ކަމަށެވެ.
އެ ހާދިސާ ހިނގިތާ އަށް ގަޑިއިރުވީ އިރު، އަދިވެސް އެ އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުން ސަފާރީ އޮތީ ގާތްގަނޑަކަށް އަނދާ ހުލިވެފަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގިއިރު އެ ސަފާރީގައި ފަސް ބިދޭސީންނާއި ގަތް ދިވެހީން ތިބި ކަމަށެވެ. ނަމަވެސް އެ މީހުން، ކައިރީގައި އޮތް ޑައިވިންގ ދޯންޏަކަށް އަރުވާފައިވާ ކަމަށާއި އަދި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ސަފާރީގައި އަލިފާން ރޯވި އިރު އޭގައި ހުރީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަންއާ ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު