މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ފޯއް ބަސްތާއަކަށް ކާށި ބަސްތާއެއް ދިނުމުގެ އިޚްތިޔާރު ބޭންކަށް ނޯންނާނެ ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މަޖިލީސް މެމްބަރު، އިބްރާހިމް ރަޝީދު ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން އިއްޔެ ބުނެފައިވަނީ، "ވިސާ ޑައިރެކްޓް" އަދި "މާސްޓަރކާޑް ސެންޑް" ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ. މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ބޮންޑޭ މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ބޭންކް އެލްސީއަކަށް ވިޔަފާރިވެރިއަކު ރާއްޖެއަށް އެތެރެ ކުރާ "ފޯއް" ބަސްތާއަކަށް "ކާށި" ބަސްތާއެއް ދިނުމުގެ އިޚްތިޔާރު ބޭންކަށް ނޯންނާނެ ކަމަށާއި، "ރަނުން ރަނަށް" ބަދަލު ދޭންޖެހޭނެ ކަމަށެވެ. އަދި މިކަން މަރުކަޒީ ބޭންކު އެމްއެމްއޭއިން ހުއްޓުވާ މިކަމުގައި އެމްއެމްއޭއަށް ފެންނަ ގޮތް ހާމަކުރަން ޖެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިގޮތަށް ވިދާޅުވި ނަމަވެސް ބީއެމްއެލްއިން ބުނީ އެލްސީ ފަދަ މުއާމަލާތްތައް ކުރުމުގައި އަދިވެއް އެއްވެސް ތަފާތެއް ނެތި ކުރިން ވެސް އޮތް ގޮތަށް ޑޮލަރުން މުއާމަލާތް ކުރެވޭނެ ކަމަށެވެ.



ބީއެމްއެލް އިން އިއްޔެ ނިންމި މި އުސޫލާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އެ ބޭންކަށް ވަނީ އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ބުނަނީ ބޭންކުން މިފަދަ ގޮތަކަށް ނިންމީ ދިވެހި ރާއްޖޭގައި ޓްރޭޑް ކުރާ ފަރާތްތަކަށް ލިބޭނެ ގެއްލުމަކަށް ވިސްނާނުލާ ކަމަށެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާއްމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. އަދި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެކަމަށާއި ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިން މި ބަދަލު ގެނައިއިރު، ކޯވިޑް-19 އާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ޑޮލަރު ލިބުމުގެ ދަތިކަން ވަނީ ކުރިމަތި ވެފައެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ގާތްގަނޑަކަށް 20 ރުފިޔާ އަށް އަރާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ދަވާލި19

28-Aug-2020

ފޯއް ބަސްތާއަކަށް ރޮށި ބަސްތާއެއް ރަނގަޅުވާނެ ދެއްތޯ ބޮންޑޭ



ޓްރެންޑިން