ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދަށް ޗިޓު ރައްދު ނުކުރެވިގެން ހައިކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ހައިކޯޓަށް ބަލައިނުގަަންނަން އެކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ރަނގަޅުކަމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މީގެ ކުރިން ނިންމާފައިވާ ނިންމުން އަނެއްކާވެސް ބަދަލުކޮށްފިއެވެ.
ކ. ފުށިދިއްގަރުފަޅުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ކޮރަޕްޝަންގެ ދަޢުވާގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ތަޙުގީގުގައި މަސައްކަތްކޮށްފައި ނުވާތީ އެމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.
އެމައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ހައިކޯޓުން ބޭރުކޮށްފައިވަނީ ޖިހާދަށް ޗިޓު ޙަވާލު ނުކުރެވުނު ކަމަށް ބުނުމަށް ފަހުއެވެ. އަދި ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށްފަހު މައްސަލަ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ހައިކޯޓުން ޕީޖީ އޮފީހަށް ދިނެވެ. ހައިކޯޓުން ޕީޖީ އޮފީހަށް ދިން އެ ފުރުސަތު ހަމަވީ މިއަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހަށެވެ.
ނަމަވެސް، ޕީޖީ އޮފީހުން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އޭގެ ދެ ދުވަސް ފަހުންނެވެ. އެހެންކަމުން އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވިއެވެ. އެކަމާގުޅިގެން ޕީޖީ އޮފީހުންވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމެވުން ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ފުށޫއަރާކަމަށް ފެންނަ ކަމަށް ބުނެ، އެ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދި އޮކްޓޯބަރު މަހުގެ 30ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
މި މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މީގެކުރިން ނިންމަވާފައިވަނީ ދަޢުލަތުން މައްސަލަ ހުށައަޅާފައިވަނީ ހައިކޯޓުން ދިން މުއްދަތަށްވުރެ ފަހުން ކަމަށްވާތީ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ބަދަލުކުރުމުގެ ޖާގަ އޮތްކަމަށް ނުފެންނަ ކަމަށެވެ.
ނަމަވެސް ހައިކޯޓުން ބުނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން އަލުން އެ މައްސަލަ ބަލައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މައްސަލައިގެ އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނޭޅުނު ސަބަބު ދަޢުލަތުން ހާމަކުރުމުން ކަމަށް ހައިކޯޓުން ބުންޏެވެ.
އެގޮތުންއެ މައްސަލަ އަލުން ހުށަހަޅަން ހައި ކޯޓުން ކުރިން ދިން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަނޭޅުނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމް ހަމަނުޖެހި އެ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެއީ އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ހިނގާފައިވާ ކަމަކަށް ވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެއެވެ.
ދަޢުލަތުން ޖިހާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ގައި ބުނެފައިވަނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމާއި ޚިލާފަށް ޖިހާދު ޢަމަލު ކުރެއްވި ކަމަށެވެ. އެގޮތުން ސަރުކާރުގެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ. މިމައްސަލަ މީގެ ކުރިން 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އޭރު އެކޮމިޝަނުން ނިންމީ މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ. އެގޮތަށް އޭސީސީން ނިންމީ 2016 ވަނަ އަހަރު އެވެ.
ޖިހާދަކީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ މިހާރުގެ ޗެއާޕާސަނެވެ.

ކިޔުންތެރިންގެ ހިޔާލު