ރޭ ދަންވަރު ހުޅުމާލެގޭ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އައިޖީއެމްއެޗަށް ބަދަލުކޮށްފި އެވެ.
އެ އެކްސިޑެންޓް ހިނގީ ގުލްއަލްމާ މަގު، އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ނިރޮޅުމަގު ހުރަސްކުރި ވަގުތު ބާރު ސްޕީޑުގައި ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލަކާ ޖެހިގެން ނެވެ.
އެ ހާދިސާގައި ފުލުހުންގެ ކާރުގެ ކުރިމައްޗަށާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވި އުމުރުން 18 އަހަރުގެ ޒުވާނާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.
އޭގެ ފަހުން އައިޖީއެމްއެޗުން ބުނީ އެ ޒުވާނާ އެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރަށް ލާފައި ކަމަށެވެ.
އިތުރު ތަފްސީލެއް އައިޖީއެމްއެޗަކުން ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު