ރާއްޖޭގައި މަރުވި ނޭޕާލް އަންހެން މީހާގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފިއެވެ.
މާލޭގެ ކެފޭއެއްގައި މަސައްކަތްކުރަމުން ދިޔަ އެ އަންހެން މީހާ މަރުވީ މިދިޔަ މަހު ކުރީކޮޅުއެވެ.
ކަންޗަން ދުގެލް (25 އަހަރު) މަރުވީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ. އަދި ކަންޗަން މަރުވި ފަހުން އޭނާގެ ހަށިގަނޑާ ސްޕޮންސަރު ހަވާލުނުވުމުން މޯޗަރީއަށް ގެންދިޔައީވެސް ފުލުހުންނެވެ.
ނަމަވެސް އޭގެފަހުން ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ހަށިގަނޑު އޮތީ މޯޗަރީގައެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ހަށިގަނޑު މި މަހުގެ 7 ވަނަ ދުވަހު ނޭޕާލަށް ފޮނުވާލާފައިވާކަމަށެވެ. ނަމަވެސް، އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު