ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި އަނެއްކާވެސް ފެން ބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ 8 ސަރަހައްދެއްގައި 18 ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިއަދުގެ 06:00 އާއި ހަމައަށް މާލޭގެ މަގުތަކުން 6835 ޓަނުގެ ފެން ހިއްކިފައިވާ ކަމަށެވެ. މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
“މިހާތަނަށް 46 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވޭ.” އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ މަގުތަކުން ފެން ހިއްކުމަށްޓަކައި ވެސްޓްޕާކް ސަރަޙައްދުގައި 4 ޕަމްޕް ބަހައްޓާފައިވާއިރު އައިޖީއެމްއެޗް ސަރަހައްދުގައި 3 ޕަމްޕް ބަހައްޓާފައިވާ ކަމަށެވެ. އޭގެއިތުރުން މާފަންނު ފެރީ ޓާމިނަލްގައި 3 ޕަމްޕާއި ސަލްމާން މިސްކިތް ސަރަހައްދުގައި 1 ޕަމްޕާއި ބޮޑު ވަޅު ސަރަޙައްދުގައި 4 ޕަމްޕް ވަނީ ބަހައްޓާފައެވެ.
ހަމައެއާއެކު ކުޑަކުދިންގެ ބަގީޗާ ސަރަޙައްދުގައި 1 ޕަމްޕާއި ބިހުގެ ސަރަޙައްދުގައި 1 ޕަމްޕާއި އެމްޕީއެލް ސަރަޙައްދުގައި 1 ޕަމްޕް ބަހައްޓާފައި ވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން ދާއިރު މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު