ރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު
ރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު
ކ. ފުށިދިއްގަރު ފަޅުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށްކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން، އޭރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގައެވެ.

ނަމަވެސް އެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލައި ކުރިއަށް ގެންދިޔަ އިރު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ހެކި ބަސް ނަގާފައި އޮތުމުން އަދީބަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އޮތީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި ހައި ކޯޓުން މިއަދު ނެރުނު ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން ކުރިން ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.

ހައި ކޯޓުން މިއަދު އެ ހުކުމް ނެރުނީ އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން