ބޮޑު އޮޕަރޭޝަނެއް ހިންގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލެއާއި ހުޅުމާލޭގައި އެ އޮޕަރޭޝަން ހިންގީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / ފިނިފެންމާގެ، އަޙްމަދު ޝައުބާން ލަތީފް (26އ) އެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، އޭނާއާ ގުޅުންހުރި ކަމަށް ބެެލެވޭ ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށްފައިވެއެވެ.
އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު އިރު އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1058.31 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މައްސަލައިގައި ޝައުބާންގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު