ހުޅުމާލެ ފޭސް ދޭއް
ހުޅުމާލެ ފޭސް ދޭއް
ސްޓެލްކޯއިން ކަރަންޓް ދިނުމަށް ހުޅުމާލޭގެ ފޭސް ދޭއްގައި ޓްރާންސްފޯމަރުތައް ބަހައްޓާފައިވާ ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފި އެވެ.

ފޭސް ދޭއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަ ތަންތަނުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަަލައާ ގުޅިގެން ފޭސް ދޭއް ހުންނަ ތަންތަނުގައި ސީސީޓީވީ ހަރުކުރަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ފަޒުލް ހުންނެވި އިރު ވެސް މަޝްވަރާކުރި ކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި ކުރިއެރުމެއް ނުލިބި އޮތުމަށް ފަހު އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރާއެކު ކުރި މަޝްވަރާތަކުން އެކަމުގައި ކުރިއެރުން ލިބިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް ސީސީޓީވީ ހަރުކުރާނެ ދުވަހެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.

މާލެއާއި ހުޅުމާލެ ފޭސް އެކެއްގައި ޓްރާންސްފޯމަރުތައް ހުންނަ ތަންތަނުގައި މިހާރުވެސް ހުންނަނީ ސީސީޓީވީ ހަރުކޮށްފަ އެވެ.

މި ހަފުތާގައި ފޭސް ދޭއްގައި ހުންނަ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ވަނީ ސްޓެލްކޯގެ ސްޓާފަަކަށް ވެސް ހަމަަލާ ދީފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން