ޓެކްސީ ދަތުރުކުރުމަށް ފަހު ތަކުރާރުކޮށް ފައިސާ ނުދޭ އަންހެނެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ ޓެކްސީ ދަތުރު ކުރުމަށް ފަހު ފައިސާ ނުދޭ ދިވެހި އަންހެނެއްގެ މައްސަަލަ ރޭ ހުށަހަޅާާފައިވާ ކަމަސެވެ.
އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެ އަންހެން މީހާ އެކި ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ޓެކްސީގެ ހިދުމަތް ހޯދުމަށް ފަހު ފައިސާާ ނުދީ ފިލާ ކަމަށް ޓެކްސީ ޑްރައިވަރުން ދަނީ ބުނަމުން ނެވެ. ރޭ ވަނީ އޭނާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެއަންހެންމީހާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ފޭރުމުގެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކުރި އަންހެނެކެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލީ ކީއްވެކަމެއް ސާފެއް ނުވެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ވެސް ވައްކަމުގެ މައްސަަލައެއް އޭނާގެ މައްޗަށް ސާބިތުވި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ ފަހަރު ވަނީ އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ޖޫރިމަނާގެ ހުކުމަށް ބަދަލުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު