މިސްކިތެއްގެ ހުރުމަތް ކެނޑިކަމަށް ބުނާ ވާހަކަ ވިލުފުށީ ކައުންސިލުން ދޮގުކޮށްފިއެވެ.
މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ދެ ޖިންސުގެ މީހުން އެއްވެ ކުޅިވަރެއް ކުޅޭ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެ ތަނުގައި ތިބި ބައެއް އަންހެނުން ތިބެނީ ބުރުގާ ވެސް ނާޅައެވެ.
އެހެންވެ އެއީ މިސްކިތުގެ ހުރުމަތް ކެނޑުން ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު އެކަން ހިނގައި ދިޔަ ގޮތް ބަލަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ މިއަދު ވިދާޅުވެފައެވެ.
"ރަސް"އަށް ކަށަވަރު ވެފައިވާ ގޮތުން އެއީ ތ. ވިލުފުށީގައި ހިނގި ކަމެކެވެ.
ވިލުފުށީ ކައުންސިލުގެ ރައީސް ހުސައިން ޖަބީން ވިދާޅުވީ ވީޑިއޯއިން ފެންނަ ތަނަކީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ނޫން ކަމަށެވެ.
އަދި އެ ތަނަކީ ދީނީ އަދި އިޖުތިމާއީ ކަންކަމަށް ބޭނުން ކުރާ ސެންޓަރެއް ކަމަށް ޖަބީން ވިދާޅުވިއެވެ.
"އެ ވީޑިއޯއަކީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ހިންގި ހަރަކާތެއްގެ ވީޑިއޯ. އެ ތަނުގައި އިސްލާމް ދީނާ ޚިލާފު ނޫން އިޖުތިމާއީ ކަންކަން ކުރިއަށް ގެންދެވޭނެ. ދެން އެ ތަނުގައި މިސްކިތަކުން ނަގާފައި ހުރި ބާ ކާޕެޓްތަކެއް އަޅާފައި ހުރީމަ ހީވަނީ އެއީ މިސްކިތެއް ހެން" ޖަބީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު