ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ފުލުހުން ނަގަން ފަށައިފި އެވެ.
ފުލުހުން މިއަދު އެކްސްގައި ބުނީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް ޕާކް ކުރާނެ ޖާގަ ހެދުމުގެ ގޮތުން ނުގަވައިދުން ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފަށާފާއިިވާ ކަަމަށް ފުުލުހުން ބުނެފައި ވެއެވެ.
މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ޕާކިންގެ މައްސަލަ މިހާރު ދަނީ ބޮޑުވަމުން ނެވެ.
ހާއްސަކޮށް ހުޅުމާލޭގެ ބީޗު އޮންނަ މަގާއި ނިރޮޅުމަގުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައި ހުރެއެވެ.
ޕާކިންގެ މައްސަަލަ ހައްލުކުރުމަށް 4000 އުޅަނދު ޕާކު ކުރެވޭވަރަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ހަދަން ނިންމާފައިވާ ކަމަށް މިދިޔަ އޮގަސްޓު މަހު އެޗްޑީސީން ބުނެފައި ވެއެވެ.
އަދި އެއާއެކު ރައްޔިތުން ގެންގުޅޭ ކާރުތަކާއި އުޅަނދުތައް ދާއިމީކޮށް ބާއްވާނެ ތަނެއް ދެން ލިބޭނެ ކަމަށް ވެސް އެޗްޑީސީން އޭރު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު