ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 466 އުޅަނދު ނައްތާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނެފައިވަނީ ފުލުހުން ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 378 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް އެގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފުލުހުން ޢާއްމުކޮށް ކުރާ މަސައްކަތެކެވެ.
އެގޮތުން މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުލުހުން ގެންދަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.
ޓޯކޮށްފައިވާ އުޅަނދުތަކާމެދު ފުލުހުން ޢާއްމުކޮށް ޢަމަލުކުރާ އުސޫލަކީ ވެހިކަލްގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އަނބުރާ ނުގެންދާ ވެހިކަލްތައް އެއްގައުމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ނައްތާލުމެވެ.

ފުލުހުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު ވަނީ ނައްތާލާފައި.
— Maldives Police (@PoliceMv) January 25, 2025
މިއަދު ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 378 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލް. pic.twitter.com/pgKJpCDnoa
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް އެގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފުލުހުން ޢާއްމުކޮށް ކުރާ މަސައްކަތެކެވެ.
އެގޮތުން މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުލުހުން ގެންދަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.
ޓޯކޮށްފައިވާ އުޅަނދުތަކާމެދު ފުލުހުން ޢާއްމުކޮށް ޢަމަލުކުރާ އުސޫލަކީ ވެހިކަލްގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އަނބުރާ ނުގެންދާ ވެހިކަލްތައް އެއްގައުމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ނައްތާލުމެވެ.
ކިޔުންތެރިންގެ ހިޔާލު