ރާއްޖެއަށް 12 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އިންޑިއާ އިން ހައްޔަރުކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި މިމަހުގެ 23 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވަނީ އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ޓުޓިކޮރިންއަށް ނިސްބަތްވާ 33 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކުރި 56 އަހަރުގެ މީހާއަކީ ޔޮޓުގެ ކްރޫއެއް ކަމަށާއި 30 އަހަރުގެ މީހާއަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)ގެ މީހެއް ކަމަށެވެ.
އެމީހުންގެ އަތުން އަތުލައިގަތް 12 ކިލޯ ހަޝިޝް އޮއިލްގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އެ ނޫހުގައިވެއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ މި މައްސަލައިގެ ތަފްސީލުތައް ހޯދުމަށް އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުގައި މިހާރު އެދިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު