ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އަމުރު ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލައަކީ އަވަސް އަރުވާލައިގެން ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމަށް ފުލުހުން ޢަމަލުކޮށްފައި ނުވާތީ އޭސީސީން ސިވިލް ކޯޓަށް ހުށައެޅުމުން އެ ކޮމިޝަނާ ދެކޮޅަށް ނިމިފައިވާ މައްސަލައެކެވެ.
އެގޮތުން ފުލުހުންނަށް ޕްރޮމޯޝަން ދިނުމާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލަ އޭސީސީން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭސީސީގެ ދައުރަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުން ކަމަށް ވާތީ ފުލުހުންނަށް ޕްރޮމޯޝަންތައް ދިން ނަމަވެސް އެކަމުގެ ސަބަބުން އޭސީސީގެ ތަހުގީގަށް އެޅޭ ހުރަހެއް އެ ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލާގައި ނިންމާފައިވަނީ އޭސީސީން އެދުނު ފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.
އޭސީސީން އެދުނު ވަގުތީ އަމުރު ނެރެނުދިން ނަމަވެސް ހައިކޯޓުން މިއަދު ވަނީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދިނުމާ ގުޅޭ ގޮތުން ނިންމި ނިންމުން ބާތިލްކޮށްފައެވެ. އެގޮތުން ސިވިލްކޯޓުގެ ނިންމުމުގައި ވަނީ މައުޟޫއީ މައްސަލާގައި ގޮތް ކަނޑައަޅަން ޖެހޭ ކަންކަމަށް ވާތީއާއި ވަގުތީ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމި ސަބަބުތައް ތަފްސީލްކޮށްދީފައި ނުވާތީ އެ ނިންމުން ބާތިލުކުރާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
މިމައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ކިޔުންތެރިންގެ ހިޔާލު