ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ސާޖަރީތައް ހުއްޓައިލައިފާވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އައިޖީއެމްއެޗުން ބުނީ ސާޖަރީތައް ހުއްޓާލާފައިވާކަމަށް މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށާއި އެ ހޮސްޕިޓަލުގައި މިހާރުވެސް ސާޖަރީތައް ޝެޑިއުލާ އެއްގޮތަށް ކުރަމުން އަންނަކަމަށެވެ.

"މި ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އަރުވަން،" އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

މީސް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެ ހޮސްޕިޓަލުގައި އޮޕަރޭޝަންތަކަށް ބޭނުންކުރާ މުހިންމު ކޮންސިއުމަބަލްތަކުގެ ސްޓޮކް ހުސްވެ، ކޮންމެހެން ކުއްލި ހާލަތުގައި ކުރަން ޖެހޭ އޮޕަރޭޝަންތައް ނޫން އެހެން އޮޕަރޭޝަންތައް ކުރުން ހުއްޓައިލާފައިވާ ކަމަށް ބުނެ ވާހަކަތައް ދައުރުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން ވަނީ އާންމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަގީގަތާއި ހިލާފު މައުލޫމާތު މީސް މީޑިއާގައި ފަތުރަމުންދާތީ، މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން