ރޯދަ މަހު ދުވާލު މަގުމަތީގައި ސިނގިރޭޓު ރޯކުރަން އުޅުމުން ހައްޔަރު ކުރި މީހަކު ފޮލިސް ސްޓޭޝަނަށް ގެއްލުން ދީފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު 11:40 ހާއިރު މަގުމަތީގައި ހުރެ އޭނާގެ އަތުގައި އޮތް ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފަހުންވެސް ސިނގިރެޓް ރޯކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
އޭނާ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ ތަނުގެ ހޯލްޑިން ރޫމުގައި ބަހައްޓާފައި ހުއްޓައި، ހޯލްޑިން ރޫމްގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓައި، އެ އަތްގަނޑު ނެއްޓުމަށްފަހު އެ ބޭނުން ކޮށްގެން ހޯލްޑިން ރޫމު ބޭރު ދޮރުގެ ތަޅަށް ގެއްލުންދީފައިވާ ކަމަށް އަމުރުގައި ވެއެވެ.
އެމީހާގެ ބަންދައް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.
އޭނާއަކީ މީގެ ކުރިންވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން 25 ފަހަރު އޭނާ ބަންދަށް ބަދަލުކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު