ޢުމްރާއަށް ދިޔަ ދެމަފިރިއަކު ނުލައި ގުރޫޕަކުން ރާއްޖެ އައި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއަކު ނުލައި އެގްރޫޕް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ޢުމްރާއަށް ދިޔަ މި ދެމަފިރިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އެދެމަފިރިންނަށް ތަންކޮޅެއް ލަހުން އެއަރޕޯޓަށް ދެވުމުން ރާއްޖެ ނާދެވި އެއަރޕޯޓުގައި ވަނީ ތާށިވެފައެވެ. އަދި ފަހުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ސަޢުދީގައި ހުންނަ ރާއްޖޭގެ އެމްބަސީންނެވެ.
ސަފާ ގްރޫޕަށްވެސް އެގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ބަޔަކު ނުލައި މާލެ އާދެވުނުކަން އެނގިފައިވަނީ އެދެމަފިރިން ގުޅާފައި އެވާހަކަ ބުނުމުން ކަމަށްވެއެވެ.
“މުސްކުޅި ދެމަފިރިން. ފްލައިޓުގައި ފުރައިގެން ދިޔައިރު ވެސް އެ ބޭފުޅުންނަކަށް ނުވެސް އެނގޭ ބަޔަކު މަދު ކަމެއް ވެސް.” ޢާއިލާ އާއި ޙަވާލާދީ ރާއްޖޭގެ މީޑިއާއެއްގައި ރިޕޯޓް ކޮށްފައިވެއެވެ.
އެހެންކަމުން އެ ގްރޫޕުން މިހާރު ވަނީ އެދެމަފިރިންނަށް މާދަމާ މާލެ އާދެވޭނެ ގޮތަށް ދެ ފްލައިޓަކުން މާދަމާއަށް ޓިކެޓް ނަގައިދީފައެވެ. ނަމަވެސް އެދެމަފިރިން މިވަގުތު ސަޢުދީގައި ތިބީ އެމީހުންގެ އަމިއްލަ ޚަރަދުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިހާތަނަށް ބަހެއް ބުނެފައި ނުވާއިރު ރާއްޖޭގައި ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ޢުމްރާވެރިންނާމެދު އިހުމާލުވުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއް ގްރޫޕްތަކާމެދު ފިޔަވަޅުވެސް އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު