މާޝާ މިދުހަތު   10 ސެޕްޓެމްބަރު 2020 - 20:14
އިންޑިއާގައި އުމުރުން 86 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނާ ގޮތުގައި، އަންހެންމީހާ ގޭގެ ދޮރުމަތީގައި، ކިރު ވިއްކާ މީހާގެ އިންތިރާޒުގައި ހުއްޓާ، ފިރިހެނަކު އައިސް، ކިރުވިއްކާ މީހާ އަށް ނާދެވޭނެ ކަމަށާއި އަދި އޭނާ އާއެކު ކިރު ގަންނަަން ދިއުމަށް އެދި ކައިރީގައިވާ ދަނޑަކަށް ދުވަސްވީ އަންހެންމީހާ ގެންގޮސް ރޭޕްކުރީކަމަށް ބީބީސީން ރިޕޯޓްކޮށްފައި ވެއެވެ. 86 އަހަރުގެ މިއަންހެން މީހާ ރޭޕް ކުރަމުން ދިޔަ އިރު ސަލާމަތް ވުމަށް ރޮއެ އާދޭސް ކުރިކަމަށްވެސް ފުލުހުން ބުނެއެވެ.

އަންހެންމީހާގެ ރުއިމުގެ އަޑަށް ކައިރި އަވަށެއްގެ ބަޔަކު ނުކުމެ އަންހެން މީހާ ސަލާމަތްކޮށް އޭނާ ރޭޕްކުރި ފިރިހެން މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

86 އަހަރުގެ ދުވަސްވީ އަންހެން މީހާ އާ ބައްދަލުކޮށް ކަންވީގޮތް އަޑު އިވުމުން ހިތްފަޅައިގެން ދާވަރުވި ކަމަށާއި އޭނާގެ ހަށިގަނޑުގެ އެތައްމިތަނަށް އަނިޔާވެފައިވާ ކަމަށްވެސް މިމައްސަލަ ބަލަމުންދާ ދިއްލީ ކޮމިޝަންގެ އިސްވެރިޔާ ޝްވެތާ މަލިވަލް އާ ހަވާލާދީ ބީބީސީން ހާމަކޮށްފައިވެއެވެ. އަދި 86 އަހަރުގެ ދުވަސްވީ މާމަ އަކާމެދު މިފަދަ އަނިޔާވެރި އަމަލެއް ހިންގާނީ އިންސާނިއްޔަތު ކަމުގެ އެއްވެސް މިންވަރެއް ނެތީމާ ކަމަށާއި މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މެރުމަށް ހުކުމް ކުރުމަށް ގޮވާލައިފައި ވާނެ ކަމަށް ވެސް ޝްވެތާ މަލިވަލް ބުނެފައިވެއެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ އިންޑިޔާގައި ހަރުކަށި އަދަބު ދެވޭ ކުށަކަށް ވީނަމަވެސް މިއީ އިންޑިޔާގައި އަދިވެސް ތަކުރާރުވެ ގިނަ ވަމުންދާ ކުށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން