މެދުނުކެނޑި އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް މަގާމުގައި މަސައްކަތް ކުރެވޭނީ ގިނަވެގެން އަށް އަހަރަށް ކަމަށް ޕްރިންސިޕަލުންގެ ވަޒީފާއާ ބެހޭ އުސޫލުގައި ކަނޑައަޅައިފިއެވެ.
ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ޤާބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމުގެ މަޤްސަދުގައި ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލައި އާންމުކުރި ޕްރިންސިޕަލުންގެ ވަޒީފާއާ ބެހޭ އުސޫލްގައި ވާގޮތުން ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަހަރެވެ. އަދި ވިދިވިދިގެން މެދުނުކެނޑި ޕްރިންސިޕަލްކަން އެއް ސްކޫލެއްގައި ކުރެވޭނީ އަށް އަހަރު ދުވަހަށެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މި ބަދަލުގެ ބޭނުމަކީ ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމެވެ.
އާ އުސޫލުގައި ކަނޑައަޅާފައިވާ ގޮތުގައި ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގެ އުސޫލަށް ބަލައިގެންނެވެ. އަދި މި މަގާމަކީ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށް ވާތީ ޕްރިންސިޕަލުންގެ ގޮތުގައި ހޮވާ ފަރާތްތަކާމެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލުންނެވެ.
މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއުކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ. އިންޓަވިއުތަކުން ފާސްވެއްޖެނަމަ އެ މީހަކު ޕްރިންސިޕަލްގެ މަގާމަށް ހޮވުނީ އެވެ. އިތުރު ޕެނަލެއް ނުވަތަ ކޮމިޓީއަކުން މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު