އެމެރިކާގެ ރައީސް ޓްރަމްޕް މެދުއިރުމަތީގައި؛ އަރަބި ގައުމުތަކާ އިޒްރޭލާ ގުޅުން ރަނގަޅު ކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތުގައި ކާމިޔާބު ލިބެމުން އަންނަ ކަމަށް ވިދާޅުވޭ
އެމެރިކާގެ ރައީސް ޓްރަމްޕް މެދުއިރުމަތީގައި؛ އަރަބި ގައުމުތަކާ އިޒްރޭލާ ގުޅުން ރަނގަޅު ކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތުގައި ކާމިޔާބު ލިބެމުން އަންނަ ކަމަށް ވިދާޅުވޭ
މެދުއިރުމަތީގެ ގައުމުތަކާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރުމަށް އެމެރިކާގެ ރައީސް އިސްނަންގަވައިގެން ކުރައްވާ މަސައްކަތުގައި ބަހްރައިނުން ވަރަށް އަވަހަށް އިޒުރޭލާއެކު ސިޔާސީ ގުޅުން ބަދަހިކުރާނެ ކަމުގައި އެމެރިކާގެ ރައީސް ވިދާޅުވެއްޖެއެވެ.

ސީއެންއެންއިން ބުނީ އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ސުލްހަ ގާއިމު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަހުރައިނުން އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޓްރަމްޕް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

މީގެ ހަފުތާއެއްކުރިން އިޒްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދެމެދުގައި ވެސް ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕްގެ އޮފީހުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. އަދި މި އެއްބަސްވުމުގައި ސޮއި ކުރެވޭ ހަފްލާގައި ބަހްރައިންގެ ފޮރިން މިނިސްޓަރ ޝައިޚް ޚާލިދު ބިން އަހްމަދު އަލް ޚައްލާފް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އަރަބި ގައުމުތަކާއި އިޒްރޭލުގެ ސުލްހަވެރިކަމަށް ޓްރަމްޕް ކުރަމުންދާ މި މަސައްކަތަށް ފާޑުކިޔައި ފަލަސްތީނުގެ ލިބަރޭޝަން އޯގަނައިޒޭޝަން އެކްޒެކިއުޓިވް ކޮމިޓީ އިން ޓްވީޓް ކޮށްފައި ވެއެވެ. މި ޓްވީޓްްގައި ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަން ގެނެސްދޭން މަސައްކަތް ނުކޮށް، އިޒްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ހޯދައި ދޭން މަސައްކަތް ނުކޮށް އަރަބި ގައުމުތަކާއި އިޒްރޭލާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރުމަކުން ސުލްހަވެރިކަން ގެނެވުނީ ކަމުގައި ނުބެލެވޭނެ ކަމަށް އެޖަމާއަތުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން