ސިސްޓަމަށް ތަބާވާނީ މީހުން ކަމަށާއި ސިސްޓަމް، މީހުންނަށް ތަބާވާންވީމާ ވާނީ ފެއިލް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމާ ޙަވާލުވާ ކޮންމެ ބޭފުޅަކުވެސް ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު އެބޭފުޅަކު ގަޔާވާ ގޮތަކަށް ސިސްޓަމް ބަދަލު ކުރުމަށް ވެރިކަމުގެ ދައުރުގެ ދުވަސްތައް ބޭކާރު ކުރެއްވުމަކީ ޢާއްމުކޮށް ކަން ހިނގާ މަގެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވީ، ސިސްޓަމް ފެއިލްވަނީ މީހުންގެ ހައިބަތަށްބަލައި އެމީހުންގެ މައްޗަށް ސިސްޓަމް ތަބާވާން ޖެހޭތީ ކަމަށެވެ.
"ރާއްޖޭގެ ދައުލަތުގެ ގަވަރނިން ސިސްޓަމް އަބަދުވެސް ފެއިލްވަނީ، އެކިއެކި މީހުންގެ ހައިބަތަށާއި، ޢާއިލާ އަށާއި، ސިޔާސީ ފިކުރަށާއި، މުއްސަނދިކަމަށާއި، ނުފޫޒަށް ބަލައި ސިސްޓަމް އޭނާގެ މައްޗަށް ބަދަލު ކުރަން ހަދައިގެން. ސިސްޓަމް ބަދަލުނުކޮށް އަހަރެމެން ބަދަލުވާންވީ ސިސްޓަމްގެ މައްޗަށް." ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝަރީފް ވަނީ ބިދޭސީން ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް އަތްގަދަކުރަމުންދަނީ ދިވެހިންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުތުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބިދޭސީންގެ ވިޔަފާރި މަދުވެ، ދިވެހިންގެ ވިޔަފާރި ކުރިއަރާނީ ދިވެހި ޒުވާނުންނަށް "ސްޓްރީޓް ފުޑް" ވިއްކަން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަކި އޭރިއާތަކެއް ކަނޑައަޅައި އެތަނުގެ ސެކިއުރިޓީ ބަލަހައްޓައި، އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފުވަނީ މިހާރު އޮތް ޑޮލަރުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ބޭންކަށް ޑޮލަރު ޓީޓީ އަކަށް ނުވަތަ އެލްސީ އަކަށް އެދި ހުށައެޅުމުން ބޭންކުން ދެނީ ވަކި އިންސައްތައެއް ކަމަށާއި، ބާކީ ބައި ހޯދަންޖެހެނީ ކޮންމެވެސް ފަރާތަކަށް އާދޭސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ކާނާ އާއި އެހެނިހެން ތަކެތި އެތެރެކުރުމަށް ޑޮލަރު ބޭނުންވި ނަމަވެސް ބޭންކުން ޑޮލަރު ނުލިބޭނަމަ ކަޅު ބާޒާރުން ޑޮލަރު ގަތުން ނޫން ގޮތެއް ވިޔަފާރިވެރިންނަށް ނެތްކަމަށް އިޤްތިޞާދީ ދާއިރާގެ ގިނަ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު