މަތީ ތަޢުލީމް ޙާސިލްކުރާ ފަރާތްތަކަށް ފައިސާއަށް އެސައިންމެންޓް ހަދައިދޭ މައްސަލައާ ދެކޮޅަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ނުކުމެވަޑައިގެންނެވުމުން ގިނަ ބަޔަކު އެކަމަނާއަށް ތަޢުރީފު ކޮށްފިއެވެ.
ތަޢުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ މެޑަމް ފަޒްނާ ވަނީ އެކަމަނާގެ ފޭސްބުކްގައި އަގަށް އެސައިންމެންޓު ހަދައިދޭ ކަމަށް ބުނާ "އެސައިންމެންޓް މޯލްޑިވްސް" އިން މީހަކަށް ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓެއް ޝެއާ ކުރަށްވައިފައެވެ. މެޑަމް ފަޒްނާގެ ޕޯސްޓުގައި ވަނީ އެ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ކުރަށްވާފައެވެ.
މި ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ބުނެފައިވަނީ މިއީ މިހާރުން މިހާރަށް ސަރުކާރުން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށާއި، އަދި މި މައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް އެނގޭނެ ކަމަށެވެ. އޭގެ އިތުރުން މިކަމުގެ ކަންބޮޑުވުން މެޑަމް ފަޒްނާ ފާޅުކުރެއްވުމަކީ މިކަން ހުއްޓުވުމަށް އެޅޭ ބާރެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
އަދި ހަމައެކަނި ސެޓްފިކެޓަށް ބަލައިގެން ފެންވަރު ވަޒަން ކުރާނަމަ އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުންވެސް މީހުން ސެޓްފިކެޓް ހޯދަން މަސައްކަތް ކުރާނެ ކަމަށާއި، ހަމަ އެކަނި ކޮލިފިކޭޝަނަށް ނުބަލައި، ފެންވަރު ވަޒަންކުރާނެ އެހެން މިންގަނޑެއް ތަޢާރަފްކުރަން ޖެހޭ ކަމަށް އެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އަގަށް އެސައިންމެންޓް ހެދުން ޢާއްމު ވެގެން ގޮސްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޓީޗަރުންނަށް މަޖުބޫރުކޮށްގެން ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ގެންދިއުމަށް ހިންގި ޕްރޮގްރާމްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ ޕްރޮގްރާމްގައި މަޖުބޫރުން ގިނަ މުދައްރިސުން ކިޔަވާފައިވާއިރު އެފަދަ ގިނަ ފަރާތްތަކުން އެސައިންމެންޓް ހަދާފައި ވަނީ އެހެން މީހުން މެދުވެރިކޮށްކަން ފާހަގަވެފައިވާ ކަމަށް އެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެއެވެ.

I wonder whether the Higher Education Institutions and relevant authorities are aware of this!
Posted by Fazu Ahmed on Monday, September 28, 2020
މި ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ބުނެފައިވަނީ މިއީ މިހާރުން މިހާރަށް ސަރުކާރުން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށާއި، އަދި މި މައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް އެނގޭނެ ކަމަށެވެ. އޭގެ އިތުރުން މިކަމުގެ ކަންބޮޑުވުން މެޑަމް ފަޒްނާ ފާޅުކުރެއްވުމަކީ މިކަން ހުއްޓުވުމަށް އެޅޭ ބާރެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
އަދި ހަމައެކަނި ސެޓްފިކެޓަށް ބަލައިގެން ފެންވަރު ވަޒަން ކުރާނަމަ އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުންވެސް މީހުން ސެޓްފިކެޓް ހޯދަން މަސައްކަތް ކުރާނެ ކަމަށާއި، ހަމަ އެކަނި ކޮލިފިކޭޝަނަށް ނުބަލައި، ފެންވަރު ވަޒަންކުރާނެ އެހެން މިންގަނޑެއް ތަޢާރަފްކުރަން ޖެހޭ ކަމަށް އެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އަގަށް އެސައިންމެންޓް ހެދުން ޢާއްމު ވެގެން ގޮސްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޓީޗަރުންނަށް މަޖުބޫރުކޮށްގެން ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ގެންދިއުމަށް ހިންގި ޕްރޮގްރާމްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ ޕްރޮގްރާމްގައި މަޖުބޫރުން ގިނަ މުދައްރިސުން ކިޔަވާފައިވާއިރު އެފަދަ ގިނަ ފަރާތްތަކުން އެސައިންމެންޓް ހަދާފައި ވަނީ އެހެން މީހުން މެދުވެރިކޮށްކަން ފާހަގަވެފައިވާ ކަމަށް އެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު