މަރްޔަމް ނަހްދާ ވަޙީދު   29 ޑިސެމްބަރު 2025 - 16:40
މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީ ހުޅުވުން، ފޮޓޯ: ރައީސް އޮފީސް
މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީ ހުޅުވުން، ފޮޓޯ: ރައީސް އޮފީސް
އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރަށްރަށުގައި މަރުކަޒުތަކެއް އަޅަން ނިންމާފައިވާކަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ތަންތަން ރަށްރަށުގައި ހުރުން ވަރަށް މުހިންމު ކަމަށް ފެންނާތީ އެ ތަންތަން އެޅުމުގެ މަޝްވަރާތައް ރަށު ކައުންސިލަތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

‎އެގޮތުން މިހާތަނަށް 77 ކައުންސިލަކުން އެ ރަށްރަށުގައި އިސްރަށްވެހިންގެ ނާދީ އަޅަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަށްރަށުގައި ތަރައްގީކުރާ ނާދީތައްވެސް ހިންގަން ނިންމާފައި ވަނީ މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއާ އެއްގޮތަށް ކަމަށާއި، އެ ތަނުން ލިބޭ ހިދުމަތްތައް ރަށްރަށުގެ ނާދީތަކުންވެސް ލިބޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި، އިސްރައްވެހިންގެ ނާދީތައް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު