ސިނަމާލެ ބްރިޖުމަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ދެ ކާރާއި ހަތަރު ސައިކަލް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް ކާރުތައް އޮތީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވެފައެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. ބްރިޖު މަތީގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރަށްވެސް ބައެއް ދަތިތަކާ ކުރިމަތިވިއެވެ.



ކިޔުންތެރިންގެ ހިޔާލު