ރައީސް ނަޝީދު (ފޮޓޯ: ސޯޝަލް މީޑިއާ)
ރައީސް ނަޝީދު (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުންގެ މުހިއްމުކަން ކުރިއަށްވުރެ ބޮޑަށް ފާހަގަ ވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓް ގައި ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުންގެ މުހިއްމުކަން ކުރިއަށްވުރެ ބޮޑަށް ފާހަގަ ވެގެން ހިނގައްޖެ ކަމަށެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ކޯވިޑް-19 ގެ ސަބަބުން ސްކޫލަށް ގޮސް އުނގެނި އުޅުމުގެ މުހިއްމުކަން ވެސް ފެނިގެން ގޮސްފައިވާ ކަމަށާއި، ދަރިވަރުންނަށް ކާމިޔާބު އަދި އުފާވެރި މުސްތަގުބަލެއް ހޯދުމަށްޓަކައި ސްކޫލަށް ގޮސް އުނގެނުމަކީ ކިހާ މުހިއްމު ކަމެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.



ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ. އަދި ޤައުމުގެ އަންނަން އޮތް ޖީލު ބިނާކުރެއްވުމުގައި މުދައްރިސުން ކުރައްވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މުދައްރިސުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ޓީޗާރސް - ލީޑިންގ އިން ކްރައިސިސް، ރީ-އިމޭޖިނިންގ ދަ ފިއުޗަރ"އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން