ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރައްވައިފި އެވެ.
ސީޕީ ނަވީން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އެ ހިދުމަތަށް ވަތް ގޮތަށް ފުލުހުންގެ ބެޖަށް ކުރާ އިހުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އަދިވެސް އެގޮތަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް ވިދާޅެެއް ނުވެއެވެ.
ނަވީން ރިޓަޔާ ކުރައްވަން ނިންމަވާ ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ފޮނުއްވި މެސެޖެއްގައި މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެެ.
ފުލުހުންގެ ޤާނޫނުގައިވާ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރެވެ. މިވަގުތު އެ މަޤާމުގައި ހުންނެވީ ފަރުހާދު ފިކުރީއެވެ.
ސީޕީ ނަވީން ރިޓަޔަރ ކުރަށްވާފައިމިވަނީ ޕޮލްކޯ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި، އޭނާ ހިމެނޭހެން ފުލުހުންގެ ބައެއް އިސް އޮފިސަރުން ސަސްޕެންޑް ކުރުމަށް ލަފާދީފައިވާ ދަނޑިވަޅެއްގައެވެ. ނަވީން ސީޕީގެ މަގާމަށް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި ޢަލީ ޝުޖާއު ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެެ.

ކިޔުންތެރިންގެ ހިޔާލު