ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެމަނިކުފާނު އެގޮތަށް ވިދާޅުވީ ސަރުކާރުގެ ފަރާތުންތޯ ނުވަތަ އެއީ އެމަނިކުފާނުގެ އަމިއްލަ ބަސްފުޅުތޯ ސައީދު ސުވާލު ކުރެއްވިއެވެ.

ސައީދުގެ އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރު ސައީދަށް ގާނޫނު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ސަރުކާރާއި، މަޖިލީހަކީ ވަކި ދެބާރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ. އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާޢީދުކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ގެންދަވަނީ ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ވެސް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދު ވަނީ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެންގެވުމަށް ވެސް މަސައްކަތް ކުރަށްވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަންތަކެއް އުފެދިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

މަނިކު

08-Oct-2020

ހުސްދޮގު ކެރަފާ ވަގު ނަސީދު ބުނާގޮތައް މިސަރުކާރު ހިންގަނީ



ޓްރެންޑިން