ކުރީގެ ސަރުކާރުގެ ދަރަނިތަކުގެ ބުރަ އުފުލަން މި ޖެހުނީ މިސަރުކާރަށް ކަމަށާއި، ދަރަނިތައް އަލުން މުރާޖަޢާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށެވެ. އަދި 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެ ގިނައިން ދަރަނި ދައްކަން ޖެހިފައިވަނީ 2021 ން 2023 އަށްކަން ފާހަގަކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، މިދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލާ އަލުން މުރާޖަޢާ ކުރުން ކަމަށެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފައިވަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ޤައުމަކީ ރާއްޖެ ކަމަށްވުމާއެކު މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތައް ފަސްކޮށްލަން ޖެހޭ ކަމަށެވެ.

Enme ginain dhakkan jehenee 2021-2023 aai dhemedhu. Alhugandu dhekey gothugai adhuge haalathuga enme buhdhiveri gothakee 2012-2018 ge dharani ithuru jurimanaa akaa nulaa binaa (restructure) kurun.
— Mohamed Nasheed (@MohamedNasheed) October 10, 2020
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފައިވަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ޤައުމަކީ ރާއްޖެ ކަމަށްވުމާއެކު މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތައް ފަސްކޮށްލަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު