އެމްޑީޕީގެ ރައީސް ރައީސް ނަޝީދު (ކ) އާއި މާލީ ވަޒީރު އިބްރާހިމް އަމީދު (ވ)
އެމްޑީޕީގެ ރައީސް ރައީސް ނަޝީދު (ކ) އާއި މާލީ ވަޒީރު އިބްރާހިމް އަމީދު (ވ)
ދަޢުލަތުގެ ދަރަނީގެ ހިސާބުތައް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާލީވަޒީރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

ސަރުކާރުގެ މާލީ ހިސާބުތައް މެނޭޖް ނުކުރެވޭ ކަމަށް ވިދާޅުވެ ކުރީގެ އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަޢީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ފެންނަނީ އެންމެ ދެ އަހަރުގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަން ކަމަށެވެ. ހަމައެހެންމެ، 2 ބިލިއަން ރުފިޔާ ކޮވިޑާ ގުޅިގެން ހޭދަކުރުމުގެ އިތުރަށް ރިކަރަންޓު ޚަރަދު ރެކޯޑު މިންވަރަކަށް އިތުރުވުމުން، ވޯލްޑު ބޭންކުންވެސް ފާޑުކިޔާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ދަޢުލަތުގެ ދަރަނީގެ ހިސާބުތައް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާލީވަޒީރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށެވެ.



ސަޢީދުގެ އިތުރުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވެސް މިއަދު ވަނީ މިދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލާ އަލުން މުރާޖަޢާ ކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަޢުލަތުން އެންމެ ގިނައިން ދަރަނި ދައްކަން ޖެހިފައިވަނީ 2021 ން 2023 އަށް ކަމަށް ފާހަގަ ކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީ ދައުލަތުގައި ނެތުންކަމަށެވެ.

އަދި 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން