މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމާއި އެކުވެސް ދިވެހި ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ބަރާބަރަށް ދައްކަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ދަރަނި ދައްކާނެ އާމްދަނީ ސަރުކާރަށް ނުލިބޭ ކަމަށް ވިދާޅުވެ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށް ޝަރީފް ވިދާޅުވީ ބޭރުގެ ޤައުމުތަކުންނާއި، މާލީ އިދާރަތަކުން ނަގާފައިވަ ލޯނުތައް ރާއްޖެއިން މިހާތަނަށް ބަރާބަރަށް މެނޭޖް ކުރަމުންދާކަމަށެވެ.
"ދިވެހި ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނިތައް އަދި ދަނީ ބަރާބަރަށް މެނޭޖް ކުރަމުން. ދައްކަން ލާޒިމްވާ ލޯނެއް މިހިސާބަށް ކޯވިޑް ގެ ދަތި ހާލަތުގައިވެސް ދައްކާފަ ވާކަން ފާހަގަވޭ." މެމްބަރު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެ ގިނައިން ދަރަނި ދައްކަން ޖެހިފައިވަނީ 2021 އިން 2023 އަށްކަން ފާހަގަކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، މިދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލާ ދެއްކޭނެ ގޮތަކަށް، އަލުން މުރާޖަޢާ ކުރުން ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ، ދަޢުލަތުގެ ދަރަނީގެ ހިސާބުތައް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާލީވަޒީރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.

Dhivehi raajje in berun nagaafavaa dharani thah adhi dhanee baraabarah manage kuramun.Dhakkan laazim vaa loan eh mihisaabah Covid ge dhathi haalathuga ves dhakkaafa vaakan faahaga vey. @Ibusolih @iameeru
— Ibrahim Shareef (@AdduShareef) October 10, 2020
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެ ގިނައިން ދަރަނި ދައްކަން ޖެހިފައިވަނީ 2021 އިން 2023 އަށްކަން ފާހަގަކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، މިދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލާ ދެއްކޭނެ ގޮތަކަށް، އަލުން މުރާޖަޢާ ކުރުން ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ، ދަޢުލަތުގެ ދަރަނީގެ ހިސާބުތައް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާލީވަޒީރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
ކިޔުންތެރިންގެ ހިޔާލު