މާލޭގެ ސްކޫލެއްގެ ދަރިވަރުން (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގެ ސްކޫލެއްގެ ދަރިވަރުން (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭ ސިޓީގެ ސްކޫލްތަކުގައި މެދުކަނޑާލާފައިވާ ގްރޭޑް ހަތަކާއި އަށެއްގެ ކިޔެވުން މި މަހުގެ ތެރޭގައި އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިހާރުގެ ހާލަތަށް ބެލުމަށްފަހު އެޗްޕީއޭގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް އަށެއް އަދި ނުވައެއްކެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު ގްރޭޑް އަށެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު މި މަހުގެ 25 ވަނަ ދުވަހު ގްރޭޑް ހަތެއްހެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.



ގްރޭޑް ހަތަކާއި އަށެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު، މި މަހު ހަތަރު ވަނަ ދުވަހު މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ނުވައެއް އަދި 10ގެ ކިޔެވުން ވަނީ ފަށާފަ އެވެ. މިހާރުވެސް ގްރޭޑް 11 އަދި 12ގެ ދަރިވަރުންގެ ކިޔުން ސްކޫލްތަކުގައި ކުރިއަށް އެބަދެ އެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މި އަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން ކިޔަވައިދެމުން ދިޔައީ ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް މެދުވެރިކޮށެވެ. މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދާތާ މިހާރު ވަނީ މަހަކަށްވުރެން ގިނަ ދުވަސް ވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން