ޝައިޚް އަލީ ޒާހިރު ބިން ސަޢީދު
ޝައިޚް އަލީ ޒާހިރު ބިން ސަޢީދު
އިސްލާމީ ޝަރީޢާ ކިޔެވުމުން ވަކާލާތުކުރުމުގެ ފުރުސަތު ނުދިނުމަކީ ރާއްޖެ ފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ލަދުވެތި ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ވަކީލުން ރެގިއުލޭޓް ކުރަން މިދިޔަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ އިމްތިހާނަށް ފަހު، ފުރަތަމަ ބެޗުގައި މިއަދު ހަވީރު 280 މީހަކު ވަކީލުކަމުގެ ހުވާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ހަމައެކަނި އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކޮށްފައިވާ 3 ދަރިވަރަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ، އިސްލާމީ ޝަރީޢާ ފިޔަވާ އެހެން ޤާނޫނުތައް ކިޔެވުމުން ފަނޑިޔާރުކަމާ ވަކީލުކަން ކުރެވޭއިރު، އިސްލާމީ ޝަރީޢާ ކިޔެވުމުން އެ ފުރުސަތު ނުދިނުމަކީ ދިވެހި ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ލަދުވެތި ކަމެއް ކަމަށެވެ.

އަދި މިއީ "ހަމައާއި އިންސާފުން ބޭރު ކަމެއް" ކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.



މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ދަސްވެނި ވެފައިވާ ތިން ދަރިވަރެއް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށައެޅުމުން ބާ ކައުންސިލުން އެ ހުށައެޅުންތައް ރިޖެކްޓް ކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި މިކަމާ ގުޅިގެން ބާ ކައުންސިލަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން